ޚަބަރު
ރިޕޯޓް
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ބޭރުގެ ދަތުރުތައް އަލުން ފަށައިފި
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އިންޓަރނޭޝަނަލް ދަތުރުތައް ފަށައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކެނޑުމެއްއައީ އެއަރޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުނު ހިސާބުންނެވެ. އާރްއޭސީއެލް އިން ބުނިގޮތުގައި މި މަޝްރޫޢު ފެށުމުގެ ކުރިންވެސް ކުންފުނީގެ އަމާޒަކަށްފެވައިވަނީ އެއަރޕޯޓުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުމެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތްކުރިއަށް ގެންގޮސް އަވަހަށް ޕްރޮޖެކްޓް…
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްޤީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްޤީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ…