ހަމައެކަނި ދިވެހިންނަށް ގަނޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

25 އެޕްރީލް 2024 - 22:28

ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ހުޅުމާލޭ ޑިވޮލޮލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ހަމަ އެކަނިދިވެހިންނަށް ބިން ގަނެވޭގޮތަށް ން ވިއްކަން ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން މިއީ، އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމުގައިވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަމެއް ދޭނެ ކަމަށާއި، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށްވެސް އެ ކޯޕަރޭޝަނުން އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމުގައި އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުން އަންނަ ކަމުގައި އެ ކުންފުނިން ބުނެއެވެ.

ހަމަ އެޔާއެކު އެޗްޑީނީން އަބަދުވެސް މަސައްކަތަ ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ކަމުގައި އެ ކުންފުނިން ބުނެފައި ވެއެވެ.