އާރު. އޭ. ސީ. އެލް. އިން އެއަރޕޯޓްތައް ތަރައްގީ ކުރުމަށް ކުރަމުންދާ ބައެއް ބޮޑެތި މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް، ނަމަވެސް މަޝްރޫތައް ހުއްޓުމެއްނެތި ކުރިއަށް

21 މެއި 2024 - 13:38

އާރު.  އޭ.  ސީ.  އެލް.  އިން އެއަރޕޯޓްތައް ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ ބައެއް ބޮޑެތި މަޝްރޫތައް ފުރިހަމަނުވެ ލަސްވަމުން ދިއުމުގައި ކުންފުންޏައް ސީދާ ބާރު ނުފޯރުވޭ ބައެއް ކަންކަން ދިމާވަމުން ދާތީވެ އާރު. އޭ . ސީ. އެލް. އިން ކުރަންބޭނުންވާ ސްޕީޑްގައިނުވެ ލަސްވަމުން އެބަދާކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ.   

އާރު.  އޭ.  ސީ.  އެލް.  އަށް  އެއަރޕޯޓްތައް   ހިންގުމަށްޓަކައި ހަވާލު ކުރެވިފަިއވާ ބިންތަަކކީ އެިކއެކި ރަށްރަށަށް ނިސްބަތްވާ ބިންތަކުން ވަކިކުރެވިފައިވާ ސަރަހައްދުތަކެކެވެ. ނަމަވެސް މިބިންތަކުގައި އެއަރޕޯޓް ތަރައްގީކުރުމަށްޓަކައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ލިބިގެން، ކުރެހުންތައް އެޕްރޫވް ކުރެވިގެން ނޫނީ ކުރިއައް ގެންދެވޭނެ ކަންކަމެއްނޫން ކަމުގައި އެކުންފުނިން ބުނެއެވެ. އަދި މިކަންކަން ފުރިހަމަ ކުރުމައްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭއެއްކަމަކީ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަންފުރިހަމަ ކުރުން ކަމަށް އެކުންފުނިން ހާމަކުރިއެވެ.

ނަމަވެސް މިއަދާހަމައަށްވެސް ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަންމިވަނީ  އާރު.  އޭ.   ސީ.  އެލް.  އަށް ސީދާގޮތުން  ބާރުުނފޯރުޭވޭ އެކިއެކި ސަަބަބުތަކާހުރެ ފުރިހަމަނުވެފައެވެ. މިހެންކަމުން މިހާރުވެސް އާރު . އޭ. ސީ . އެ ލް. އިން ދަނީ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަންފުރިހަމަކުރުމަށް ގުޅުންހުރި އެކިއެކި ފަރާތްތަކާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓް ފެންވަރުގެ ކޮމެޓީއެއް ގާއިމުކުރެވި ބައްދަލުވުން ތަކުގެ މަސައްކަތްތައް ކުރަމުންނެވެ.

އާރު. އޭ.  ސީ. އެލް. ވަކި ކުންފުންޏެއްގެ ގޮތުގައި ގާއިމުކުރެވި ރާއްޖޭގެ ބައެއް ރީޖަނަލް އެއަރޕޯޓްތައް ކުންފުންޏާ ހަވާލުކުރެވުނު ދުވަހުންފެށިގެން އެއަރޕޯޓް ތަކުގައި ގާއިމުވެފައިހުންަނަންޖެހޭ ޝްޓޭންޑަރްޑްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި  ކުންފުނިން  ވަރަށް ބޮޑުއިސްކަމެއް ދެމުންދެއެވެ. އަދި  ޑޮކްޓަރ މުއީޒް ރާއްޖޭގެ ވެރިކަމާ ހަވާލުވެ  އާރު.  އޭ .  ސީ .  އެލް. ގެ މެނޭޖްމަންޓްއަށް ގެނެވުނު ބަދަލާއެކު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އެއްގެ ގޮތުަގިއ އަހްުމަދު މުބީން ހަވާލުވި ހިސާބުންފެށި ގެން، ކުރިއަށްވުރެ ބާރު ސްޕީޑްގައި އެއާރޕޯޓްތައް ތަރައްގީ ކުރުމަށް  ކުރަންްޖެހޭ ގިނަގުނަ ކަންކަން ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށްޓަކައި  ވަރަށްބޮޑު އިސްކަމެއްދެމުންދެ އެވެ.