ރާއްޖޭގަ 19އެއަރޕޯޓެއެއްގެ ތަރައްގީގެ މަސައްކަތް އެކިއެކި މަރުހަލާތަކުގައި ކުރިއަށް އެބަދޭ: އަޙްމަދު މުބީން

15 އެޕްރީލް 2024 - 19:08

ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ރައީސުލްޖުމްހޫރިއްޔާ ފ. ފީއަލީއަށް ކުރެއްވި ދަތުރު
ފުޅުގައި ރައްޔަތުންނާ ބައްދަލުކުރެއްވުމަށް ކުރިޔަށް ގެންދެވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި 19 އެއަރޕޯޓެއްގެ ތަރައްގީގެ މަސައްކަތް އެކިއެކި މަރުހަލާތަކުގައި ކުރިއަށް އެބަދާކަމުގައި ހާމަކުރައްވައިފިއެވެ

ުމުބީންގެ ވާހަކަ ފުޅުގައި އިގްތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް ބަލާއިރު މިހާރު މިއޮތްހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށްޓަކައި މިހާރުހުރި އެއަރޕޯޓްތަކާއި އަދި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާ އެރޕޯޓްތައް އެއްކޮށް ޖުމްލަ 19އެރޕޯޓްއެއްގައި ތަރައްގީގެ އެކިއެކި މަސައްކަތްތައް މިހާރުވެސް ކުރެވެމުން އެބަދާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ނަފާ ސީދާ ރައްޔަތުންނަށް ކުރަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއިން ކުރަމުންދާ މަސަތްކަތްތުގެ ތެރެއިން ރާއްގޭ ޓޫރިޒަމް ކުރިއެރުވުމަށްޓައި އެއަރޕޯޓްތައް ވައިގެ މަގުން ގުޅާލުމުގެ ބޮޑެތި މަސައްކަތްތަކެއްވެސް ކުރެވެމުންދާ ކަމުގައެވެ. އަދި މިދައުރުގެ މިހާކުރީކޮޅުގައި މިފަދަ ބޮޑެތި މަސައްކަތްތަކެއް މިހާ އިސްކަންދީގެން ކުރިޔަށް ގެންދިއުމުގެ އެންމެ ބޮޑުބޭނުމަކީ ރައްޔަތުން އެދޭގޮތަށް ރައްޔަތުންނަށް ވީ އެންމެ އަވަހަށް ކަންކަން ފުރިހަމަ ކޮށްދިނުމެވެ. އަދި މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނުހަނު އިސްކަންދެއްވަގެން ބައްލަވަމުންދާ ކަމެއް ކަމުގައެވެ.

މުބީން އިތުރަށް ވިދާޅުވިގޮތުގައި މިސަރުކާރުން ކައުންސިލްތައް ބާރުވެރި ކުރުވުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު އެކަމާ އެކުއެކީގައި މިކުރެވޭ މަސައްކަތްތަކަކީވެސް ރައްޔަތުންގެ މަސްލަހަތު އިސްކުރަށްވައި ކުރެވެމުން އަންނަ ކަންކަން ކަމުގައެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ގެ އިރުޝާދުގެ ދަށުން އާ ސަރުކާރުގެ ޕްލޭންއާއި އެއްގޮތަށް މުޅިރާއްޖޭގެ އެކިއެކި އެއަރޕޯޓްތަކުގެ މުހިންމު އެތަށް މަސައްކަތް ތަކެއް މިހާރުވެސް އަންނަނީ ފުރިހަމަ ކުރެވެމުންނެވެ.