މާވާރުލު އެއަރޕޯޓަށް ފަސިންޖަރުން އުފުލުމަށްޓަކައި އެންބިއުލޭންސެއް

17 އެޕްރީލް 2024 - 14:11


ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ދަށުން އޮޕަރޭޓް ކުރަމުންއަންނަ މާވާރުލު އެއަރޕޯޓަށް ފަސިންޖަރުން އުފުލުމަށް ޓަކައި އެންބިއުލޭންސެއް ހޯދައިފިއެވެ.

މާވާރުލު އެއަރޕޯޓް ހުޅުވުނުތާ 4 އަހަރު ފުރުމާ ކައިރިވެފައިވާއިރު މިއަދާ ހަމަޔަށްވެސް ބަލިމީހުން އުފުލުމަށްޓަކައި ބޭނުން ކުރަމުންދަނީ ޕިކަޕެކެވެ. އާރުއޭސީއެލްއިން ރައްޔަތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މި ގެނެވުނު ބަގީ އެންބިއުލޭންސްގެ ސަބަބުން މާވާރުލު އެއަރޕޯޓަށް ޒިޔާރަތްކުރާ ބަލިމީހުންނަށް އިތުރު ރައްކާތެރިކަމާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މާވާރުލު އެއަރޕޯޓަކީ މީހުންދިރިއުޅޭ އެއްވެސް ރަށަކާ އިންވެގެން އޮންނަ އެއަރޕޯޓްއަކަށް ނުވާތީ، އެހެންއެއަރޕޯޓްތަކާއި ޙިލާފަށް ހޮސްޕިޓަލް ތަކުގެ އެންބިއުލޭންސް ބެނުންކުރެވޭ އެއަރޕޯޓެއްނޫނެވެ. ވީމާ ބަލިމީހުން އުފުލުމަށްޓަކައި އެންބިއުލޭންސެއްގައި ބަލިމީހާއަށް ލިބެންޖެހޭ އަވަސްފަރުވާ ލިބުމުގައި މިއެންބިއުލޭންސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އާރުއޭސީއެލް އިން ފާހަގަ ކުރިއެވެ.

މާވާރުލު އެއަރޕޯޓް ރަސްމީކޮށް ހުލުވާފައިވަނީ 04 ޖުލިއި 2020ގައެވެ.

މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ކުންފުންޏާ ހަވާލުވި ދުވަހުން ފެށިގެން ކުންފުނީގައި ހުރި އެކިކަންކަން ވަރަށް ގާތުންބަލައި އަވަސް ހައްލުތަކެއް ހޯދައިދެއްވަމުންދާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.