ތަރަށްގީ އާއެކު ކުރިއަށް ދެވޭނީ ސަރުކާރުގެ ކެންޑިޑޭޓާ އެއްކޮށް: ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ

25 މާޗް 2024 - 19:09

އަޅުގަނޑުމެންނަށް ތަރަށްގީ އާއިއެކީ ކުރިއަށް ދެވޭނީ ސަރުކާރުގެ ކެންޑިޑޭޓާ އެއްކޮށްކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެންވިދާޅުވީ ރައްޔަތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހަންމަދުގެ ކޭންޕޭން ޖަލްސާގައި ދެއްކެވި ވާހަކަ ފުޅުގެ ތެރެއިންނެވެ.

މީގެއިތުރުން ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ދޭއިރުވެސް ބަލަން ޖެހޭނީ ފުނަމާ ލަތީފް ކަހަލަ ގާބިލް ބޭފުޅަކު އިސްކުރުމަށް ކަމަށް މުބީން ވިދާޅުވިއެވެ.

"ފުނަމާ ލަތީފް އަކީ މީގެ ކުރީގަވެސް މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބެފުލަކަށް ވެފައި، އެމަނިކުފާނުގެ ހިންގުންތެރިކަމާއި ދިއްދޫ ދާއިރާގެ ތަރަށްގީ އަށް ބަހަށްޓަވާ ފަރުވާ ތެރިކަމާއި އަހަންމިއްޔަތުކަން އަދި ދިއްދޫ އާ ދޭތެރޭގައި ބަހަށްޓަވާ ވިސްނުން އެންމެ ރަނގަޅަށް އެނގޭ އެއްބޭފުޅަކީ ހަމަގައިމުވެސް އަޅުގަނޑު،" މުބީންގެ ވާހަކަފުޅުގައި އިތުރަށް ދެންނެވިއެވެ.

މީގެ އިތުރުން ދިއްދޫ އެއަރޕޯޓް ހެދުމަށްޓަކައި މިހާރު އާރް އޭ ސީ އެލް އިން ހަދާފައިވާ ކުރެހުން ފުރިހަމަ ސްކޭލްއަށް މިހާ އަވަހަށްހެދިފައިމިވަނީ ސީދާ އަބްދުލް ލަތީފް ގެ މަސައްކަތުން ސަރުކާރުގެ އެނގެވުމުގެމަތިންކަމށް ވިދާޅުވިއެވެ.

މިސަރުކާރު ހަވާލުވީފަހުން އެތަކެއް އެއަޕޯޓް ތަކެއް ހެދުމަށް ނިންމާފައި ވާއިރު، މިހުރިހާ އެއަރޕޯޓް ތައް ހުއްޓާވެސްދިއްދޫ އެއަރޕޯޓްގެ މަސައްކަތް މިހާހަލުވިކޮށް ދިއުމުގެ މައިގަނޑު ސަބަބަކީ ވެސް ހަމަ އަބްދުލް ލަތީފް ކަމަށް މުބީން ދެންނެވިއެވެ.