އިތުރު 50 ކުދިންނާއެކު ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު ޢާއްމުކުރައްވައިފި

22 ޖޫން 2023 - 2:07

ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އާންމުކޮށްފި އެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ހުޅުވާލެއްވި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ ނިންމަވާފައެވެ.

ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް މިމަހުގެ އެއްވަނަ ދުވަހު އިޢުލާން ކުރެއްވިއިރު އެލިސްޓްގައި 1225 ދަރިވަރުން ހިމެނުނު ނަމަވެސް މިއަދު ދާއިމީ ލިސްޓް އިޢުލާން ކުރެއްވިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން މިވަނީ ހާމަކުރައްވާފައެވެ.

އާ އަދަދާ އެކު މި ސަރުކާރުން ފެށި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްްޓޫޑަންޓް ލޯނުގެ ޖުމްލަ 3،211 އަށް އަރަ އެވެ.