އަމީނީ މަގުގެ އިތުރު 4 ސެގްމަންޓްގައި ބުރާސްފަތި ދުވަހު ތާރު އަޅަނީ

24 މެއި 2023 - 2:27

އަންނަ ބުރާސްފަތި ދުވަހު ބިލަބޮންގް ސްކޫލާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އަމީނީ މަގުގައި މިހާރު ތާރު އަޅާފައި ވަނީ ސްޓެލްކޯއާ ހަމައަށެވެ.

އާރުޑީސީ އިން އަންނަނީ ސްޓެލްކޯއާއި ހަމައިން ފެށިގެން ބިލަބޮންގް ހައި ސްކޫލްއާ ހަމައަށް މަގުގައި ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

އާރްޑީސީން ބުނީ، މަގުގައި ތާރުއެޅުން ފިޔަވައި ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

މިހާރު ވަނީ ކޭބަލްއާއި ޕައިޕް ނެޓްވޯކްގެ މަސައްކަތްތަކާއި، ދުވާރާއި ފެން ހިންދާ ނިޒާމާއި ޖަންގްޝަންތަކުގެ މަސައްކަތް ނިމިފަ އެވެ.

އަމީނީ މަގުގައި ފުރަތަމަ ސެގްމަންޓުގައި ސްޓެލްކޯއާއި ހަމައަށް ތާރު އަޅާފައި ވަނީ އެމްޓީސީސީ އިންނެވެ.

އާރުޑީސީ އިން އެމްޓީސީސީ އާއި އެމަސައްކަތް ހަވާލުކުރީ އާރުޑިސީގެ ތާރު އަޅާ މެޝިން ބަހައްޓަން މާލެއިން ޖާގަ ނުލިބިގެންނެވެ. އެހެން ނަމަވެސް މިހާރު ސަރުކާރުން ވަނީ މެޝިން ބަހައްޓަން ހުޅުމާލެ އިން ބިމެއް ދީފައެވެ.

މިފަހަރު ތާރު އަޅަނީ އާރުޑީސީއިން ނެވެ. އާރުޑީސީން ބުނީ އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުރަސްފަތި ދުވަހު ފަށާނެ ކަމަށެވެ.