ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކާ އަގުތައް ހާމަކޮށްފި
25 އެޕްރީލް 2023 - 18:17
ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކާ އަގުތައް އެކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވިއްކާނީ ކަޅުއަދި ފެހި ކުލައިގެ 3 ސައިޒެއްގެ ކޮތަޅެވެ. މިގޮތުން އެކުން ފުނިން ވިއްކާނީ 11 އިންޗި އާއި 17 އިންޗި އަދި 27 އިންޗި ހުންނަ ކޮތަޅެވެ.
ވެމްކޯއިން ކޮތަޅު ވިއްކާ އަގުތައް:
100 ކޮތަޅު ހިމެނޭ ބޮޑެތި ކޮތަޅު ބޮނޑިއެއް -/35ރ
100 ކޮތަޅު ހިމެނޭ ޑަބަލް އެކްސް ލާޖް ކޮތަޅު ބޮނޑިއެއް -/165ރ
50 ކޮތަޅު ހިމެނޭ ޓްރިޕަލް އެކްސް ލާޖު ކޮތަޅު ބޮނޑިއެއް -/165ރ
ވެމްކޯއިން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނިން ކޮތަޅު ވިއްކަން ފަށާނެކަން އިއުލާނުކޮށްފައެވެ. އަދި ކޮތަޅު ހޯލް ސޭލްކޮށާއި ރީޓެއިލްކޮށް އާއްމުންނަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށްވެސް ވެމްކޯއިން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.