ބައިބަލާގެ ޕާޓްނަރަކަށް އާބަންކޯ، 25 އަހަރަށްފަހު މާލޭގައި ބާއްވަމުން އައި މުބާރާތް މިފަހަރު ހުޅުމާލޭގައި

19 އެޕްރީލް 2023 - 19:05

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި އާބަންކޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބައިބަލާ އެސޯސިއޭޝަނާއި އާބަންކޯއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އާބަންކޯގައި ބޭއްވި ހާއްސަ އިވެންޓްގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

އާބަންކޯއާއެކު ވެވުނު އެއްބަސްވުމާއެކު މިއަހަރުގެ މުބާރާތް ބާއްވަން އެސޯސިއޭޝަނުން ނިންމާފައި ވަނީވެސް ހުޅުމާލޭގައެވެ. ބައިބަލާ އެސޯސިއޭޝަނުން މުބާރާތުގެ ފަހުގެ ތައްޔާރީތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަމުންދާ އިރު، މިއަހަރުގެ މުބާރާތަށް ޓީމުތަކުންވެސް ދަނީ ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ބައިބަލާއަކީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފޯރިއާއެކު ކުޅެވެމުންދާ ކުޅިވަރަކަށްވެފައި އޮތް އިރު، މިދިޔަ 25 އަކަށް އަހަރު ދުވަހު މުބާރާތް ބާއްވަމުން ދިޔައީ މާލޭގައެވެ. ބައިބަލާ އާންމުކޮށް ބާއްވަމުން ގޮސްފައި ވަނީ މިހާރު ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވާ ސަރަހައްދުގައެވެ. މިފަހަރުގެ މުބާރާތް ވެގެންދާނީ ރާއްޖޭގެ ބައިބަލާ ތާރީހުގައިވެސް ހުޅުމާލޭގައި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ މުބާރާތަށެވެ.

ބައިބަލާ އެސޯސިއޭޝަނާއި އާބަންކޯއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ އާބަންކޯގައި ބޭއްވި ހާއްސަ އިވެންޓްގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.