އާބަންކޯގެ މިއަހަރުގެ ކޮމިއުނިޓީ ރޯދަ ވީއްލުން އޯޓިޒަމް ސެންޓަރުގެ ކުދިންނަށް

10 އެޕްރީލް 2023 - 18:57

އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ބާއްވައިފިއެވެ.

ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އާބަންކޯއިން ބާއްވަމުން އަންނަ މި ރޯދަވީއްލުންތަކުގެ ތެރެއިން މި އަހަރު ބޭއްވި ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުންނަށް ދައުވަތު ދީފައިވެއެވެ.

ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި ރޮބޯމޭންގެ ހަރަކާތްތަށްވެސް ވަނީ ދައްކާލައިފައެވެ.

އާބަންކޯ އިން ބުނީ، މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަސް ކަމަށްވެފައި، އެ ކުންފުނީގެ ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ހާއްސަކުރީ އެ މަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.