އިހަވަންދޫ މަގުތަކުގައި ތާރު އެޅުން އާރްޑީސީއަށް

2 އެޕްރީލް 2023 - 16:25

އިހަވަންދޫ މަގުތަކުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރް ޙަސަނެވެ.

މި މަޝްރޫޢުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތިޖެހުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށް އަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.