އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅަނީ

9 މާޗް 2023 - 1:47

އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިތަދޫ 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.

އެ އިއުލާނުގައި ވަނީ އެރަށުގައި ހައުސިންގ ޔުނިޓް އެޅުމުގެމާ މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް އެ އިއުލާނުގައި ވެއެވެ.