އެޗްޑީސީން ހިޔާ ސަރަހައްދުގައި ރޯދައަށް ޚާއްސަ މާރުކޭޓެއް ހުޅުވަނީ

2 މާޗް 2023 - 13:17

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ހުޅުވާ މާރުކޭޓުން 18 ގޮޅިއެއް ދޫކުރަން ހަމަޖެހިފައިވާއިރު, 09 ގޮޅި ޚާއްސަ ކުރެވިފައިވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ބާކީ 09 ގޮޅިއަށް ކުރިމަތިލުމަށް ހުޅުވައިލާނެކަމަށް އެޗްޑީސީން ބުންޏެވެ.

މި މާރުކޭޓު ހުޅުވުމުގެ މަގުސަދަކީ ރަމަޟާން މަހުގައި ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ މަގުފަހިކޮށްދިނުމެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވުމަށް މާލެ ސިޓީ ކައުންސިލަށް ބިން ހަމަޖައްސައިދީފައެވެ.