ހަފުތާ ބަންދުގައި ބުކިން ނުހަދައި ކުޑަގިރިއަށް ދެވޭ ގޮތް ހަދައިފި
27 ފެބުރުއަރީ 2023 - 17:30
މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި އަށް ހަފްތާ ބަންދުގައި ބުކިންގ ނަހަދާ ދެވޭ ގޮތަށް ހަދައިފިއެވެ.
ފެބްރުއަރީ 11 ވަނަ ދުވަހު އެރަށް ހުޅުވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކުޑަގިރިއަށް ދިއުމަށް ހާއްސަ ފެރީތަކެއް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މާލެ އިންނާއި ހުޅުމާލެ އިންވެސް ކުޑަގިރިއަށް ދެވޭނެއެވެ.
ކުޑަގިރި ޓްވިޓާ ޕޭޖް އިން ބުނެފައި ވަނީ، ކުޑަގިރީގެ ފެރީ ޝެޑިއުލް އަޕްޑޭޓް ކޮށްފައިވާ ކަމަށާއި، ފުރަތަމަ އަންނަ މީހުންނަށް އިސްކަން ދީގެން މިހާރު ދެވޭނެ ކަަމަށެވެ.
އެގޮތުން ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ބުކިންގ ނަހަދާ ދެވޭނެ އެވެ.
ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ދަތުރުގެ ކުރިން، އެދަތުރެއް ދާން ބޭނުންވާ ދުވަސް ބަލައިގެން ކުރިން ބުކް ކުރެވޭ ގޮތަށް ހާއްސަ އެޕްލިކޭޝަނެއް ވަނީ ހަދައިފައެވެ.
މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވޭނެއެވެ.
އެރަށަށް ދަތުރުދާ މީހުންނަށް ފެރީގެ ޚިދުމަތް ހަމަޖައްސާފައި ވެއެވެ. މި ފެރީއަށް ކޮޅަކަށް 25ރ ދައްކަން ޖެހެއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި 50ރ ދައްކަން ޖެހެއެވެ. އެކަމަކު ބަންދު ދުވަސްތަކުގައި އެތަނަށް ދިއުމަށް ފީއެއް ދައްކަން ނުޖެހޭނެއެވެ.