ހުޅުމާލޭގައި އިތުރު ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރަން ހުޅުވާލައިފި

26 ފެބުރުއަރީ 2023 - 3:52

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އެކި ވަޞީލަތްތަކާއެކު ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން) ނިންމައި މިފުރުސަތު ހުޅުވާލައިފިއެވެ).

އެޗްޑީސީ  އިން  ބުނީ، ކޮމިއުނިޓީ ސެންޓަރު ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހޫޑް 2 ގައި  ކަމަށާއި،  އަމީން އެވެނިއުގެ ފުރަގަހުގައި އޮތް ސަރަޙައްދުން 14000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް މިމަޝްރޫޢަށް ދޫކުރުމަށް  ހަމަޖެހިފައިވާ  ކަމަށެވެ.

ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮމިއުނިޓީ ސެންޓަރު ތަރައްގީކޮށް ހިންގާގޮތަށް ކަމަށްވެސް  އެޗްޑީސީން ބުނެއެވެ.

ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗްމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެޗްޑީސީގެ މައި އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށް މިހަރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީ  އިން  ބުނީ، ނެއިބަރހުޑް 1 ގައި ކޮމިއުނިޓީ ސެންޓަރެއް ތަރައްގީކުރުމަށް ނިންމާފައިވާ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދިއުމާއި އެކު  ޢާއްމުންނަށް އެކި  ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުން ކަމަށެވެ