ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

22 ޖެނުއަރީ 2023 - 17:54

ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓައި މިއަދު ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި، ރޯހައުސާއި ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވައި ދެއްވީ، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދިި ރަށު ކައުންސިލް މެމްބަރުންނެވެ.

ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ ހުސްވި އަހަރު ޖުލައިމަހުއެވެ. މިއީ ހިންނަވަރުގައި ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވުމުގެ ގޮތުން ސަރުކާރުން ހިންގަވާ މަޝްރޫޢުއެކެވެ.