ވެމްކޯއިން 1200 ޓަނު ކުނި އޭދަފުށިން ބޭރުކޮށްފި

4 ޖެނުއަރީ 2023 - 17:43

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އެހީތެރިކަމާއެކު، ބ. އޭދަފުށިން 1،200 ޓަނު ކުނި ބޭރުކޮށްފިއެވެ.

ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ޓީމުން އޭދަފުށީ ކުނިގޮނޑު ސާފުކޮށްފައިވާ ކަމަށެވެ. އެ ކުނި ގޮނޑުން 1200 ޓަނުގެ ކުނި ބޭރުކޮށްފައިވާ ކަމަށް ވެމްކޯ އިން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ މަސައްކަތް ކުރީ އޭދަފުށީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ.

ވެމްކޯއިން ވަނީ ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ކުނިތައް ތިލަފުށްޓަށް ގެންގޮސްފައެވެ. އެއީ ކުނި ރައްކާތެރިކޮށް ނައްތާލުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ މަސައްކަތެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ "މިކަ" ޕްރޯޖެކްޓްއަކީ އަށް ރަށެއް ހިމެނޭ ގޮތަށް ހިންގާ 3.5 މިލިޔަން ރުފިޔާގެ އަގުހުރި މަސައްކަތެކެވެ.

އެ ޕްރޮޖެކްޓްގެ ދަށުން މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ.