އެޗް.ޑީ.ސީގެ ސީއެސްއާރު ހަރަކާތްތަކާއި ޕްރޮގްރާމްތައް 2022 އަށް ނިންމާލީ ފިޔަވަތި ކުދިންނާއިއެކު

2 ޖެނުއަރީ 2023 - 3:39

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

"ފިޔަވަތި ފަން ޑޭ" ގެ ނަމުގައި އިއްޔެ ފަރުކޮޅުފުށީގައި ބޭއްވި މި ހާއްސަ ހަވީރުގައި ފިޔަވަތީގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

އެ ހަވީރުގައި އެޗްޑީސީގެ ބައެއް އިސްވެރިންނާއި ފިޔަވަތީގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މި ހަވީރުގައި އެޗްޑީސީން ވަނީ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިން ބެލުމަށް ހަމަޖައްސާފައިވާ ތަނެކެވެ.

ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީން “ފިޔަވަތި ފަންޑޭ” ގެ ނަމުގައި އަހަރީ ހަވީރެއް ފަރުކޮޅުފުށީގައި ބާއްވައިފިއެވެ.

31 ޑިސެންބަރ 2022 ހަވީރު ބޭއްވި މި ހަވީރުގައި ބައިވެރިވި ހުރިހާ ކުދިންނަށް އެޗްޑީސީ އިން ހަދިޔާ ދިނުން އޮތެވެ.