ހޮޅުދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

20 ޑިސެމްބަރ 2022 - 3:41

ނ.ހޮޅުދޫ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ އެކްސްޓެންޝަން ޢިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 3.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ.

2022ވަނަ އަހަރު، 60ރަށެއްގެ ސިއްޙީ މަރުކަޒު ޒަމާނީ ފެންވަރަށް ގެނައުމަށް އެކި މަޝްރޫޢުތައް ސަރުކާރުން ހިންގާފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ސިއްޙީ މަރުކަޒުތައް މަރާމާތުކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ހިމަނާފައެވެ. އަންނަ އަހަރު 132 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާ، އެކަމަށް 551 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.