ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު، “ކުނިމެނޭޖްކުރުމުގެ ޤާނޫނު”ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފި
20 ޑިސެމްބަރ 2022 - 3:22
ކުނިމެނޭޖްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:24-2022)ގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.
ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ1993/4)ގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު:24-2022) އަށް އަމަލުކުރަން ފެށުމާއެކު (ޤާނޫނު ނަމްބަރު:4/1993)ގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން މި ލިސްޓު ކަނޑައެޅުއްވީއެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.