ޑިޖިޓަލް އައިޑީ ކާޑު މިމަހު ބޭނުންކުރަން ފަށަނީ

7 ޑިސެމްބަރ 2022 - 16:38

ޑިޖިޓަލް ކާޑް މި މަހުގެ ތެރޭގައި ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ބުނެފި އެވެ.

އެންސީއައިޓީ އިން ބުނި ގޮތުގައި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ޓެސްޓުކުރުމުގެ މަރުހަލާ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ޓެކްނޮލޮޖީގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑީގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާ އެކީ އެ މީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އަލަށް ބޭނުންކުރުމަށް ތައްޔާރުވާ ޑިޖިޓަލް އައިޑެންޓިޓީ ކާޑްގައި ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ އެވެ. އަދި މި ކާޑް ތަޢާރަފުކުރަނީ އަލަށް ތަޢާރަފުކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީން ކާޑާއި ލައިސަން ކާޑު ފަދަ މަޢުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި އެއިން އެއްވެސް މަޢުލޫމާތަކަށް އަމިއްލައަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

އީފާސް އެޕްލިކޭޝަންގައި ހިމެނެނީ ތިން ބާވަތެއްގެ ދަފުތަރެކެވެ. އެއީ ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ދޫކުރާ ދިވެހިންގެ މަޢުލޫމާތާއި، އިކޮނޮމިކް މިނިސްޓްރީިގެ ބިދޭސީންގެ ދަފުތަރު އަދި އެހެނިހެން ބޭނުމުގައި ރާއްޖެއަށް އަންނަ މީހުންގެ ވިޒާގެ ދަފުތަރެވެ.

"ކާޑު މިހާރު މި ހަދަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަ ގޮތަށް. ނަމަވެސް ކުރިއަށް އޮތް ތާނުގައި އެ ކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެ،" ޝަރީފު ވިދާޅުވި އެވެ. "ނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުން. މި ކާޑު އަހަރު ނިމުމުގެ ކުރިން ތައާރަފުކުރުން ޢަމާޒަކީ."

ޑިޖިޓަލް އައިޑީ ކާޑް ބޭނުން ކުރަން ފަށަން ތައްޔާރުވާ އިރު މިހާރު ބޭނުން ކުރާ ކާޑު ޑިޒައިނަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.