ހުޅުމާލެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު ހެޔޮ ކުރަނީ

28 ނޮވެމްބަރ 2022 - 17:13

ހުޅުމާލޭ މަސްވެރިންގެ ޖެޓީން މަސްވެރިންނަށް ޚާއްސަ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންހަމަޖައްސައިފިއެވެ.

މީގެކުރިން މިމަސްވެރިންގެ ޖެޓީގައި ތެޔޮ ވިއްކަމުން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ވިޔަފާރި ކުރަމުންދާ އެންސިސް ގްރޫޕުންނެވެ. އެހެންވެ، އެތަނުން ތެޔޮ ވިއްކަމުން ދިޔައީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ ރޭޓުތަކަށް ވުރެ ބޮޑު ރޭޓެއްގަ އެވެ.

މިފްކޯއާ އެއް ރޭޓެއްގައި މަސްވެރިންނަށް ޑީސެލް ވިއްކުމުގެ ގޮތުން އެފްއެސްއެމްއިން ވަނީ އެންސިސްއިން ހިންގަމުންދިޔަ ތެޔޮ މަރުކަޒާ ހަވާލުވެފަ އެވެ. އެކަމުގެ އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން މުހައްމަދު ވަސީމެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.