އެޗްޑީސީއިން ހުޅުމާލެ ފިޔަވަތި ކުދިންނަށް ހާއްސް ހަރަކާތްތަކެއް ބާއްވައިފި

11 އޮކްޓޯބަރ 2022 - 15:05

ސުކޫލް ބަންދާއި ގުޅިގެން ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް ރައްކާތެރި މާހައުލެއްގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި އެކު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

އެޗް.ޑީ.ސީގެ ސީ.އެސް.އާރްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތް ފަރުކޮޅުފުށި ސަރަހައްދުގައި ކުރިއަށް ގެންދެވުނު އިރު، ފިޔަވަތީގެ 80 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ކުޅިވަރު ކުޅުމުގެ އިތުރުން މޫދު ކުޅިވަރުގެ އެކި ހަރަކާތްތައްވެސް ވަނީ ހިންގިފައެވެ. މީގެ އިތުރުން ބާބަކިއު އަކާއި އެކު ނިންމާލެވިފައިވާއިރު މި ފަދަ އެކި އިވެންޓުތައް ފިޔަވަތީގެ ކުދިންނާއި އެކު ސިލްސިލާކޮށް ބޭއްވުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް އެކި ހަރަކާތްތައް ފިޔަވަތީގެ ކުދިންނާއި ގުޅިގެން އަދި މި ކުދިންނަށް އެހީވުމަށް މި ކޯޕަރޭޝަންގެ މެނޭޖްމަންޓުންނާއި މުވައްޒަފުންގެ އިސްނެގުމުގެ މަތިން ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި އިސްނަގައިގެން މުޖްތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.