ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

29 ސެޕްޓެމްބަރ 2022 - 15:11

ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ހއ. ހޯރަފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސް ޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޞިލް މުހައަމްދު އަސްލަމް އާއި، ހޯރަފުށީ ދާއިރާގެ މަޖްލިސް މެމްބަރު އަލްފާޟިލް އަޙުމަދު ސަލީމް އާއި ، ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި 40 މިލިމީޓަރުގެ ތާރު އެޅުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 80.113,11 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ސައިން ބޯޑު ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 90.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.