8 ރަށެއްގައި އައުޓްޑޯ ވޮލީކޯޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

23 އޯގަސްޓް 2022 - 15:36

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ކުޅިވަރު ސިޔާސަތުގެ ދަށުން، އަތޮޅުތެރޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 8 ރަށެއްގައި އައުޓްޑޯ ވޮލީކޯޓު އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ވޮލީ ކޯޓު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި، ހިމެނޭ ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު، ބ. ކިހާދޫ އަދި އއ. ހިމަންދޫގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަށް ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްފެނީ އާއެވެ.

އަދި ބ. ދަރަވަންދޫ، ޅ. ކުރެންދޫ އަދި ހދ ކުރިނބީގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަށް ހަވާލު ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ.

8 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ އިތުރުން، އިތުރު 9 ރަށެއްގައި އެހެނިހެން ކުޅިވަރުތަކުގެ ވަސީލަތްތައް ގާއިމް ކުރުމަށްވެސް ކުންފުނިތަކަކާއެކު މިނިސްޓްރީ އޮފް ޔޫތު. ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ވަނީ ސޮއިކޮށްފައެވެ. މިހަފްތާ ތެރޭގައި ޔޫތު މިނިސްޓްރީގައި އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައިވެއެވެ.

ސޮއި ކުރި މަޝްރޫއުތަކުގެ ތެރޭގައި ހދ. ވައިކަރަދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީ ކުރުން ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އަދި އއ. ފެރިދޫ، އއ. އުކުޅަސް، ށ.ފޭދޫ އަދި ހދ. ނާވައިދޫގައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ގާއިމު ކުރުން ހިމެނެއެވެ.

މީގެތެރެއިން ފެރިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލު ކުރީ އެލިއޮތު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ފޭދޫ ދަނޑުގެ މަސައްކަތް ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ އާއެވެ. އުކުޅަސް ދަނޑުގެ މަސައްކަތް ހަވާލުކުރީ ސީއެމްއޭ ފައިވް ސްޓާ އާއެވެ.

އަދި ހދ. ނޭކުރެންދޫ އާއި މ.މުލަކު ފުޓްބޯޅަ ދަނޑަށް ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާއި ވަނީ ހަވާލުކޮށްފައެވެ. ނާވައިދޫ ދަނޑުގެ މަސައްކަތް ހަވާލުކުރީ އާރްޖީ އިންޓަނޭޝަނަލް އާއެވެ.

އއ. ފެރިދޫ، ނ. ލަންދޫ، ނ. ޅޮހި އަދި ށ. ފޭދޫ ފުޓްބޯޅަ ދަނޑުގައި ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއިއެކު ވަނީ ސޮއި ކޮށްފައެވެ.