ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ

6 އޯގަސްޓް 2022 - 9:58

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުޅުވާލައިފިއެވެ.

ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގުމަށް ބަޔަކު ހޯދުމަށް އެޗްޑީސީއިން އިއުލާންކުރީ ކުރިން މިކަން ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. 

މި މާރުކޭޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅަށް ޖެހޭ ތާރީހަކީ 15 އޯގަސްޓް ވާ ހޯމަދުވަހުގެ 9:30 އާއި 11:00 އާއި ދެމެދުއެވެ. ފޯމް ހުށަހަޅަން ޖެހޭނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީ ބިލްޑިންގެ އެގްޒިބިޝަން ސެންޓަރަށެވެ. 

މިކަމާބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް www.hdc.com.mv ގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ އިންފޮމޭޝަން ޝީޓް އަދި ގައިޑްލައިންތައްވެސް ވެބްސައިޓުގައި ވަނީ އާންމުކުރެވިފައެވެ.