ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ތައާރަފްކޮށްފި

4 ޖުލައި 2022 - 1:39

ދިވެިހި ފައިސާގެ ރަސްމީ ނިޝާންގެ ގޮތުގައި ބޭނުން ކުރާނެ ނިޝާނެއް ކަނޑައަޅައި އެމްއެމްއޭއިން އެނިޝާން އާއްމުކޮށްފިއެވެ.

އެމްއެމްއޭއިން ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގަިއ ކަނޑައަޅާފައި ވަނީ ތާނަ އަކުރުތެރޭގައި ހިމެނޭ "ރ" އެއް ފަށްކޮށްގެނެވެ. މި"ރ" ގެ ކުލައަކޯ ރަންރީނދޫ ކުލައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ނިޝާން ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. މި ލޯގޯ ފަރުމާކޮށްފައި ވަނީ މ. ސްޕޮޓްލައިޓް ހުސައިން ޝުޖާއުއެވެ. އޭނާ ހުށައެޅި ލޯގޯއަކީ މިދިޔައަހަރު އެމްއެމްއޭއިން ހުޅުވާލި ލޯގޯފަރުމާ ކުރުމުގެ މުބާރާތައް ހުށައެޅި ލޯގޯއެކެވެ. އެމުބާރާތަށް 70އަށް ވުރެ ގިނަ މީހުން ފަރުމާތައް ހުށައަޅާފައި ވެެއެވެ.

ކުރިޔަށް އޮތްތަނުގައި އެމްއެމްއޭއިން ޗާޕުކުރާ ފައިސާގެ ނޫޓުތަކުގައި މިނިޝާން ބޭނުން ކުރާނެ ކަމުގައި އެމްއެމްއޭއިން ވަނީ ބުނެފައެވެ.