އަންހެނުން ކުރާ ވިޔަފާރިތަކަށް އެހީވުމަށް އެޗްޑީސީއިން “ވިމެން ޕަވާޑް” ކެންޕެއިން ފަށައިފި

10 މާޗް 2021 - 9:45

އަންހެނުން ކުރާ ވިޔަފާރިތަކަށް އެހީވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން "ވިމެން ޕަވާޑް" ކެމްޕެއިން އެއް ފަށައިފިއެވެ.

އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެޗްޑީސީ އިން ފެށި އެ ކެމްޕެއިން އާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނީ އަންހެނުން ކުރާ ވިޔަފާރިތަކަށް އެހީވުމަށް އެޗްޑީސީއިން "ވިމެން ޕަވާޑް" ކެންޕެއިންގެ ނަމުގައި ރާއްޖޭގައި އަންހެނުން ހިންގާ ވިޔަފާރިތަކުން ވިޔަފާރި ކޮށްގެން ހާއްސަ ހޭޝްޓެގެއް ބޭނުން ކޮށްގެން ސޯޝަލް މީޑިއާގައި އެ ހޭޝްޓެގްތައް ބޭނުން ކުރުމަށް ބާރު އަޅާފައިވާ ކަމަށެވެ. މި ކެމްޕެއިން ކުރިޔަށް ދާނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށް އެކުންފުނިން ބުންޏެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވައިލައިގެން ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ އަންހެނުންނަށް ބޮޑު ފުރުސަތުތަކެއް ހުޅުވާލުމުގެ މަގްސަދުގައި އެޗްޑީސީ އިން "ވިމެން އިންޓެކް" އާއި ގުޅިގެން އޮންލައިން ޕްލެޓްފޯމް އެއް ވަނީ އިއްޔެ ހުޅުވާލާފައިއެވެ. މި ޕްލެޓްފޯމް ހަދައިފައިވަނީ އެއްތަނަކުން ފަސޭހައިން ކަނބަލުން ކުރާ ވިޔަފާރި ފެންނަން ހުންނާނެ ގޮތަށެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޗްޑީސީއިން ވަނީ "އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަން" އާއެކު ހާއްސަ ސެޝަން އެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެ ސެޝަންގައި "އަންހެނުންގެ ޗުއްޓީ" ފުރަތަމަ ފަހަރަށް އަންހެނުންގެ ޗުއްޓީގެ ނަމުގައި ޗުއްޓީއެއް ތައާރަފު ކުރެވިގެން ދިޔައެވެ. އެގޮތުން ކޮންމެ މަހެއްގައި އެއް ދުވަސް ޗުއްޓީ ނެގުމުގެ ފުރުސަތު އަންހެނުންނަށް ހުޅުވާލައިފައިވެއެވެ.