އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

21 ޖޫން 2022 - 16:35

އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވިމުގެ ފުރުޞަތު ރާއްޖޭގެ ސްކޫލުތަކަށް ހުޅުވާލައިފިއެވެ.

އެގްރޯނެޓުން ބުނީ، އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައި ކަމަށާއި، އެންމެ ރަގަޅު ހުށަހެޅުންތައް ހުށަހަޅުއްވާ 5 ސްކޫލަކަށް މިއަހަރު ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމަށް ސްކޫލުތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ތާރީޚަކީ، 2021 ޖުލައި 21 ވާ އާދީއްތަ ދުވަހެވެ.

މިޕްރޮގްރާމަށް ސްކޫލުތަކުން ޕްރޮޕޯސަލް ހުށައަޅާއިރު، ޕްރޮޖެކްޓްގެ ތަޢާރަފާއި ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތާއި، ސްކޫލުގެ ބައިވެރިވުމާއި ދަރިވަރުންގެ ބައިވެރިވުން އޮންނާނެ މިންވަރާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިޔަށް ގެންދިޔުމަށް ރާވާ ގޮތްތައް ޕްރޮޕޯސަލްގައި ބަޔާން ކުރަން ޖެހޭނެއެވެ.

އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ސްކޫލު މަދަރުސާތަކުގެ ބައިވެރިވުން އިތުރު ކުރުމަށާއި ދަނޑުވެރިކަމަށް ދަރިވަރުންގެ ޝައުޤު އުފެއްދުމަށް އެގްރޯނެޓުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.