ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ

20 ޖޫން 2022 - 17:35

ކ.ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެގޮތުން މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 248 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. މަޝްރޫއު އެއްކޮށް ނިމޭއިރު ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.