ހއ. ދިއްދޫ ޖޫނިއާ ކޮލެޖް އެޅުމަށް ބިން ހަވާލުކޮށްފި

12 ޖޫން 2022 - 16:18

ހއ.ދިއްދޫގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނި، މިކަމަށްޓަކައި އެމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ދިއްދޫ ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން ’ސައިޓް ހޭންޑް-އޯވަރ މީޓިންގ’އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފައިވާކަމަށެވެ.

ހއ.ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.