ރައީސްގެ ދެކަނބަލުން ފިތުރު އީދުގެ އުފާ ފާޅުކުރެއްވީ މާފުށީ ރައްޔިތުންނާއެކު

2 މެއި 2022 - 15:14

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މާލެއަތޮޅު މާފުށްޓަށް ވަޑައިގެން، މާފުށީ ރައްޔިތުންނާއެކު ފިތުރު އީދުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މާފުށްޓަށް ވަޑައިގެންފައިވަނީ  މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުވަތަކަށެވެ.

މާފުށީ ރައްޔިތުންގެ ފަރާތުން ދެއްވި އީދު ދުވަހުގެ ހާއްސަ މެންދުރުގެ ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.މީގެ އިތުރުންވެސް މާފުށީ ކުޑަކުދިންގެ ޕާކުގައި ބޭއްވި "މާފަހިވަތި" ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެން ކުޑަކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އުވާލި ފަހުން ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.