ރައީސް ސޯލިހު އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގަންނަވައިފި

2 މެއި 2022 - 13:19

ބަރަކާތްތެރި ފިތުރު އީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި އީދު ނަމާދު ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވައިފިއެވެ. އީދު ނަމާދަށްފަހުގައި، ރައީސް ސޯލިހު ވަނީ އިސްލާމީ މަރުކަޒަށް އީދު ނަމާދަށް ދިޔަ ބައެއް ފަރާތްތަކާއި އީދު ސަލާމް ކުރައްވާފައެވެ.

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ރައްޔިތުންނަށް އިހްލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ