ފޭސް ދޭއް ގައި ދެ ސްކޫލް އެޅުމަށް ބިން ދޫކުރަނީ

20 އެޕްރީލް 2022 - 14:24

ހުޅުމާލެ ފޭސް ދޭއް ގައި ދެ  ސުކޫލެއް ގާއިމްކުރުމަށް ބިން ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އެކު ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން  އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި އެއްބަސްވުމުގެ ދަށުން ޕްލޮޓް N5-32 އިން 60720.88 އަކަ ފޫޓްގެ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ސްކޫލް ފަރުމާ ކުރެވިގެން ދާނީ 1200 ކުދިންގެ ޖާގައިގެ ސްކޫލެއްގެ ގޮތުގައެވެ. މީގެ އިތުރުން ޕްލޮޓް N4-23 އިން 65534.61 އަކަ ފޫޓްގެ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ސްކޫލް ފަރުމާ ކުރެވިގެންދާނީ 1500 ކުދިންގެ ޖާގައިގެ ސްކޫލެއްގެ ގޮތުގައެވެ.