ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު މުރާޖައާ ކުރުމާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި އޭޖީ ބައްދަލުކުރައްވައިފި
20 މާޗް 2022 - 15:22
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު މުރާޖައާ ކުރުމާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލުކުރައްވައިފިއެވެ.
އޭޖީ އޮފީހުން ބުނީ މި ބައްދަލުވުމުގައި ގާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާ ކުރެވުނު މައިގަނޑު ކަންކަމަކީ ހަރުކަށިފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމާއި، ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާ ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.
މީގެ އިތުރުން ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމާއި، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާއި ހިލާފް މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި ފެތުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އޭޖީން އޮފީހުން ވަނީ ބުނެފައެވެ.