ސްޓެލްކޯ އެމްޑީޝަރީފް، މިނިސްޓަރ ޝައުނާ އާއި ބައްދަލުކުރައްވައިފި

9 މާޗް 2022 - 14:51

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަރީފް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ އާއި ބައްދަލުކުރައްވައިފިއެވެ.

މިއީ ސްޓެލްކޯގެ އެމްޑީ ކަމާއި ޝަރީފް ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ ޝައުނާ އާއި ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރުއެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކޮށްފައިވަނީ ހަކަތައިގެ ރައްކާތެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރެވޭނެ ގޮތްތަކާއި، އަދިވެސް އެހެނިހެން ދާއިރާތަކާއި ގުޅޭ ގޮތުންނެވެ. ހަކަތައިގެ ދާއިރާގެ ޕޮލިސީ، ޕްލޭނިން، ރެގިއުލޭޓަރީ ފަރާތަކީ އެންވަޔަރަމެންޓް މިނިސްޓްރީއެވެ. ގާނޫނު އަސާސީގައި ހިމެނޭ، ދައުލަތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދްމަތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ  ދާއިރާތަކުގެ ހިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ކަންކަމުގެ ސިޔާސަތުތައް އެކަށައަޅައި އެކަންކަމުގެ ރެގިއުލޭޓް ކުރުމުގެ ކަންކަން ގެންދަނީ ކުރަމުންނެވެ.