މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަގާމަށް މުހައްމަދު އަނިލް އައްޔަންކުރައްވައިފި

28 ފެބުރުއަރީ 2022 - 11:41

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަގާމަށް ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުހައްމަދު އަނީލު އައްޔަންކުރައްވައިފިއެވެ.

.

މުހައްމަދު އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަައުލީމު ހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

މީގެ އިތުރުން

ރައީސް ސޯލިހު ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަގާމުގައި ހުންނެވި، ގދ. ތިނަދޫ، ޑެން، މުހައްމަދު ނާސިހް ރަޝީދު އެ މަގާމުން ވަކި ކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

މުހައްމަދު ނާސިހް ރަޝީދަކީ ބެޗެލަރ އޮފް ޝަރިއާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާސިހް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަގާމަށް ގދ. ވާދޫ، ޕެރިސް، ލުއައްޔު ސައީދު އައްޔަންކުރައްވާފައެވެ. ލުއައްޔު ސައީދު ވަނީ އޮސްކްފޯޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާސިލްކުރައްވާފައެވެ

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސައީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.