ނައިބް ރައީސް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި

25 ޖެނުއަރީ 2022 - 10:56

ނައިބް ރައީސް ފައިސަލް ނަސީމް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

 މި މުބާރާތުގެ ފައިނަލް މެޗްވެސް ނައިބް ރައީސް ފައިސަލް ވަނީ ބައްލަވާލައްވާފައެވެ. ފައިނަލް މެޗް ބާއްވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު މި މުބާރާތް ބޭއްވި ރ. އަލިފުށީގައެވެ.

ނައިބް ރައީސް ފައިސަލް ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ ހަނދާނީ ލިޔުން  ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު 2 - 1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައިވަނީ ކްލަބް ވެލަންސިއާއިންނެވެ.