އަތޮޅުތަކުގައި ކުރިއަށް ގެންދާ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުގެ ފުރަތަމަ ބުރު ގދ.ތިނަދޫގައި ފަށައިފި

24 ޖެނުއަރީ 2022 - 14:04

އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުގެ ފުރަތަމަ ބުރު ގދ.ތިނަދޫގައި ފަށައިފިއެވެ.

މި ކޯސް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށެވެ.ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި  ކޯހުގެ މަގްސަދަކީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހިދުމަތް ފުޅާކޮށް ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީ ކުރުމާއި ކަމާގުޅޭ ތަމްރީނު ލިބިފައިވާ، ކަމަށް ގާބިލު މުވައްޒަފުން އުފެއްދުމެވެ.

https://twitter.com/PoliceMv/status/1485468476336930816

މި ކޯހަކީ ސައުތު ރީޖަންގެ އެދުމުގެ މަތިން ފޮރންސިކް ސަރވިސްއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ބ،ވ،ފ،ގއ އަދި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ ފޮރެންސިކް ސަރވިސްގެ ކްރައިމް ސީން ސްޕެޝިއަލިސްޓުން ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.