އިކޮނޮމިކް މިނިސްޓްރީން ސާރވިސް ސެންޓަރެއް ޤާއިމްކޮށްފި

20 ޖެނުއަރީ 2022 - 9:17

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސާރވިސް ސެންޓަރެއް އެމް.ޓީ.ސީ.ސީ ގެ ހުޅުމާލެ ފެރީ ގިމަތަ އިމާރާތުގައި ގާއިމްކޮށްފިއެވެ.

"1500 ހެލްޕް" ގެ ނަމުގައި ގާއިމްކޮށްފައިވާ މި ސާރވިސް ސެންޓަރ ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން 5.00 އަށެވެ.

https://twitter.com/MoEDmv/status/1483000694269706240

އިކޮނޮމިކް މިނިސްޓްރީ ބުނީ މި ސާރވިސް ސެންޓަރުން ފޯރުކޮށްދޭނެ ހިދްމަތްތަކަކީ މިނިސްޓްރީގެ ހިދްމަތްތަކާއި ބެހޭ މައުލޫމާތު ސާފުކޮށްދިނުން ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ހިދްމަތްތައް އޮންލައިންކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދައްޗެއް ދިމާވެއްޖެ ހާލަތުގައި، ޗެކްކޮށް ދިނުމާއި ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި މި ސެންޓަރުން އެހީވެދޭނެ ކަމަށެވެ.

 އަދި މިނިސްޓްރީގެ ހިދްމަތަކަށް އެދި އޮންލައިންކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން މި ސާރވިސް ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.