ފެހެންދޫ، ރަކީދޫ، ތިނަދޫގަ ސެޓެލައިޓް ސްކޫލް ގާއިމްކޮށްފި

18 ޖެނުއަރީ 2022 - 10:35

ބ. ފެހެންދޫ،ވ. ރަކީދޫ، އަދި ވ. ތިނަދޫގައި ސެޓްލައިޓް ސްކޫލް ގާއިމްކޮށް ކިޔައިވައިދޭން ފަށައިފިއެވެ.

 މި ރަށްތަކުގައި ސެޓެލައިޓް ސްކޫލް ގާއިމްކޮށް ކިޔަވައިދޭން ފަށާފައިވަނީ ދެވަނަ ޓާރމްގެ ކިޔެވުން ފެށުނު ދުވަސް ކަމަށްވާ ޖެނުއަރީ 16 ވަނަ ދުވަހުއެވެ.

https://twitter.com/mhdihsaan/status/1482987814061244416

ސެޓެލައިޓް ސްކޫލް ގާއިމްކުރި މި ރަށްތަކަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތައުލީމް ފޯރުކޮށްދިނުމަށް ސަރުކާރުގެ ސްކޫލެއް ގާއިމްވެފައިވާ ނުވާ ރަށްތަކެއެވެ. ސެޓެލައިޓް ސްކޫލްތަކަކީ ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ހިދުމަތް، ކިޔަވާ ހުރިހާ ގަޑިތަކުގައިވެސް ލިބެން ހުންނާނެ ސްކޫލްތަކެކެވެ.

ސެޓެލައިޓް ސުކޫލުގެ ނިޒާމުގައި ދަރިވަރުން އެކުދިން އަމިއްލަ ރަށުގެ ސުކޫލަށް ކިޔެވުމަށް ހާޒިރުވާއިރު އެކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތިބޭނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމުކުރެވިފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ.

https://twitter.com/MoEdumv/status/1483136563827593216

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދެކެން ބޭނުންވާ މަންޒަރަކީ، މި ކުދިންގެ ކިޔެވުމުގެ ކާމިޔާބީގެ ސަބަބުން، މި ރަށްރަށުން ހިޖްރަކުރި އާއިލާތަކާއި އިތުރު އާއިލާތައް، ރަށަށް އެބުރި އަންނަތަން ފެނުން ކަމަށެވެ. ރަށުގެ އާބާދީ ބޮޑުވެގެން ގޮސް އިތުރު ވަސީލަތްތައް ރަށަށް ލިބޭތަން ފެނުން ކަމަށެވެ.

https://twitter.com/aisthly/status/1483258605948514304

މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ، ނައިބް ރައީސް ފައިސަލް ނަސީމް  އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.