މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ހުޅުވައި ހިދްމަތް ދޭން ފަށައިފި

15 ޖެނުއަރީ 2022 - 10:17

ލާ މަރުކަޒުކޮށް ހިންގައި ހިދްމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ހިދްމަތް ދޭން ފަށައިފިއެވެ.

މި ރަސްމިއްޔާތު މަޑަވެލީގައި ބާއްވާފައިވަނީ 14 ޖެނުއަރީގައެވެ.

https://twitter.com/PoliceMv/status/1481863169148866560

ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދުގެ ހާލަތުގައި އަމަންއަމާންކަން ގާއިމްކޮށް ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި އަމާންކަން ކަށަވަރުވެގެން ނުދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދީ އުސްމިންތަކަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިއްމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަމަށް ސަރުކާރަށް އެގޭ ކަމަށެވެ.

2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދްމަތް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި، އެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.