ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އެޅަނީ
15 ޖެނުއަރީ 2022 - 10:00
ށ.ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފްއެވެ.
ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވީ ބޮޑެތި ޓާރފް ދަނޑުތައް ރަށްތަކުގައި އަޅަންފަށާފައިވަނީ މި ސަރުކާރުން ކަމަށާއި، ފެންނަ ފެނުމަށް ކުޑަ މަސައްކަތެއް ކަމަށް ހީވި ނަމަވެސް، އެ ކަމުގެ އިންތިޒާރުގައި ތިބި ބަޔަކަށް މިއީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. މި ސަރުކާރުން މިހާތަނަށް 25 ދަނޑު ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެއެވެ.
ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅާ މިއީ ފުރަތަމަ ފަހަރެއެވެ.