ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ޙިދުމަތްތައް ހަރުދަނާކުރަނީ

11 ޖެނުއަރީ 2022 - 9:38

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދްމަތްތައް ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އިން އޭޖްޑް ކެއަރ މޯލްޑިވްސް އާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

https://twitter.com/MoGFSSmv/status/1480112561945137152

ޖެންޑަރ މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަރ މިނިސްޓަރ ޑރ އާއިޝަތު މުހައްމަދުދީދީ އެވެ. އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް.އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ ޑރ އާމިނަތު ޖަމީލްއެވެ.

https://twitter.com/MoGFSSmv/status/1480065508347027456

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވެފައިވަނީ ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދްމަތްތަކުގެ ފެންވަރު ރަނގަޅުވެ، އެ މީހުން ބެލެހެއްޓުމަށް ތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ ޑރ އާމިނަތު ޖަމީލް ވިދާޅުވީ މި އެމް.އޯ.ޔޫގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.