ފްރާންސްގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެއްމަހުގެ ކެމްޕޭއިންއެއް ރާއްޖެއިން ފަށައިފި

6 ޖެނުއަރީ 2022 - 7:35

ކުއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން އިން އެއް މަހުގެ މާކެޓިން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ކުރިއަށް ދާނީ 06 ޖެނުވަރީ 2022 އިން 06 ފެބްރުއަރީ 2022 އަށެވެ.

ކުއޯނީ ފްރާންސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީއެވެ. މި އެޖެންސީއިން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކައެވެ. އެމްއެމްޕީއާރުސީއާއި ކުއޯނީ ފްރާންސްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ ފްރާންސް މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯ، އާޓިކަލް، ނިއުސްލެޓަރ، ކުއޯނީ ފްރާންސްގެ ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނެއެވެ.

މީގެއިތުރުން ފްރާންސްގެ އެކި ލޮކޭޝަންތަކުގައި އިޝްތިހާރުތައްވެސް ޖަހާނެއެވެ.

މީގެތެރޭގައި ސާރޗް، ޑިސްކަވަރީ، ގޫގަލް އެޑްސް، ނިއުސްލެޓަރ އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް މެދުވެރުކޮށް ރާއްޖޭގެ މައުލޫމަތު ފްރާންސްގެ ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.