އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް ފެށައިފި

9 ޑިސެމްބަރ 2021 - 7:36

އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް ފަށައިފި ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

މިއަދު މި ތައާރަފް ކުރެވުނު ޚިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެއެވެ. އަދި ދިޔަވަރަށް އަންނަ ބަދަލުތަކާއިއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްޞަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބެހެއްޓިފައި ހުންނާނެއެވެ. ސައިކަލް ފެރީ ޚިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާއެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އެމްޓީސީސީ އަންގަވަނީ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެބޭފުޅުންގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުމެވެ.

ޝެޑިއުލް މި ލިންކުން ބަލާލެވޭނެއެވެ.