ޓެރަރިޒަމް އާ ދެކޮޅަށް ޤާއިމް ކުރި ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ (ޖަޔޮކް) ރައީސް ހުޅުވައިދެއްވައިފި
8 ޑިސެމްބަރ 2021 - 8:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ (ޖަޔޮކް) ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
ބަންޑާރަކޮށީގައި އިއްޔަ ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި މި ސެންޓަރަކީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިސްޓް ޙަމަލާތައް ކުރިމަތިވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގައި އިޖާބަދިނުމަށް ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެވެ.
ޖަޔޮކްގެ މަސައްކަތަކަށް ވާނީ، ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގައިވާ ފަދައިން ޓެރަރިޒަމްގެ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.
އަދި މިސެންޓަރު ހުޅުވިގެންދިއުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" އަށް ޢަމަލީ ސިފަ ގެންނެވުމަށް ފަށްޓަވައިފައިވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.