ތ. ގާދިއްފުށިގައި ފެނާއި ނަރުދަމާ ޤާއިމް ކުރުުމަށް ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފި

2 ޑިސެމްބަރ 2021 - 7:31

ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް 29 ނޮވެމްބަރ 2021 ވަނަ ދުވަހު ފެށިއްޖެ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

އަދި ހަމަ އެހެންމެ، އެ މަޝްރޫޢު ދަށުން އާރއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ ކަމަށް ވެސް އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.