ޖާމަނީ އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެ ގެންނަން ކެމްޕެއިނެއް ފަށަނީ

27 ނޮވެމްބަރ 2021 - 12:06

ާމަނީ އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސްގެ ޓްރެވަލް އިންޕްރެޝަންސްއާއެކު ކެމްޕެއިނެއް ރާއްޖެއިން ފަށައިފިއެވެ. މި ކެމްޕެއިންގެ ދަށުން ނޮވެންބަރު 26 ވަނަ ދުވަހުން ފެށިގެން އެމެރިކަން އެކްސްޕްރެސްގެ މަތީ ފަންތީގެ ކާޑް ހޯލްޑަރުންނާ ހަމައަށް ރާއްޖޭގެ މައުލޫމަތު ހިމެނޭ ބްރޮޝާއެއް ދައުރުކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެމް.އެމް.ޕީ.އާރް.ސީން މަޢުލޫމާތު ދެއްވައެވެ.

ޓްރެވަލް އިންޕްރެޝަންސްއަކީ އެމެރިކަން އެކްސްޕްރެސްގެ ވެކޭޝަން ކަލެކްޝަން ބްރޭންޑެވެ. ޓްރެވަލް އިންޕްރެޝަންސް އިން އެމެރިކަން އެކްސްޕްރެސްގެ ޕްރިމިއަމް ކާޑް މެންބަރުންނަށް ދުނިޔޭގެ އެކި މަތީ ފަންތީގެ މަންޒިލްތަކާއި، ލިބެން ހުންނަ ހިދުމަތްތައް އިޝްތިހާރުކުރެއެވެ. ޓްރެވަލް އިންޕްރެޝަންސްގައި ހިމެނޭ . މަންޒިލްތަކާއި، މަތީ ފަންތީގެ ތަޖުރިބާތައް އަދި ހިދުމަތްތައް އެމެރިކަން އެކްސްޕްރެސްގެ ވެބްސައިޓް އަދި ސްމާޓް ފޯން އަޕްޑޭޓްކުރެވެއެވެ.

މި ކެމްޕެއިންގެ ޒަރިއްޔާއިން އެމެރިކަން އެކްސްޕްރެސްގެ އެންމެ މަތީ ފަންތީގައި ހިމެނޭސެންޗޫރިއަން ކާޑް ހޯލްޑަރުންގެ ތެރެއިން ޖާމަނީ އަދި އޮސްޓްރިއާގެ 500،4 ފަރާތަކަށް މެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި، ލިބޭ ތަޖުރިބާތަކުގެ މަޢުލޫމާތު ހިމެނޭ ބްރޮޝާއެއް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ. ސެންޗޫރިއަން ކާޑް ހޯލްޑަރުންނަކީ އެމެރިކަން އެކްސްޕްރެސްގެ އެންމެ މުއްސަދި ކަސްޓަމަރުން ގެންގުޅޭ ކާޑެވެ. ސެންޗޫރިއަން ކާޑް ހޯލްޑަރަކަށް ވެވޭނީ މިކަމަށް ދައުވަތު އެރުވޭ އަދި ވަކި ކަންތައްތަކެއް ފުރިހަމަ ކުރާ މަދު ކަސްޓަމަރުންތަކަށެވެ. ރާއްޖެއަކީ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލެވެ.

ވިޒިޓް މޯލްޑިވްސް އާއި ޓްރެވަލް އިންޕްރެޝަންސް ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ ގިނައިން ފައިސާ ހޭދަކުރުމުގެ ގާބިލްކަން ލިބިފައިވަ ޓާގެޓް ގްރޫޕަށް ރާއްޖެ އިޝްތިހާރު ކުރެވޭނެއެވެ. އެމެރިކަން އެކްސްޕްރެސްގެ ކާޑް ހޯލްޑަރުންނަކީ އެ ކުންފުނީގެ ކްރެޑިޓް ކާޑުގެ ހިދުމަތައް އިޚްލާޞްތެރި ކަސްޓަމަރުންތަކެކެވެ.